ހަބަރު

އިންޒާރުގެ ކޮމެންޓެއްގެ މައުލޫމާތު ހޯދަން ކޯޓު އަމުރެއް ނެރެފި

Nov 21, 2019
3

ނޫހެއްގައި ކޮށްފައިވާ ކޮމެންޓެއްގެ އައިޕީ އެޑްރެހާއި މައުލޫމާތު ހޯދަން ކޯޓު އަމުރެއް ނެރެފި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ފުލުހުންގެ އެދުމުގެ މަތިންނެވެ. ފުލުހުން ބުނީ ބަލަމުން ދަނީ މީހަކަށް މަރުގެ އިންޒާރު ދީފައިވާ ކޮމެންޓެއްގެ މައްސަލަ ކަމަށެވެ. ކޯޓު އަމުރުގެ ދަށުން އެ މައުލޫމާތު ދިނުމަށް އެ ނޫހުގައި އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިއީ މިފަދަ ކޯޓު އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އަމުރު ނެރެފައި ވަނީ "ވަގުތު" ނޫހުގެ މައްޗަށެވެ.