ހަބަރު

އީސީގެ ނައިބު ރައީސް ކަމަށް އަކްރަމް

Nov 24, 2019

އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސްގެ މަގާމްއަށް އަހުމަދު އަކްރަމް އިންތިހާބުކޮށްފި އެވެ.

އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމްއަށް މެންބަރަކު ހޮވުމަށް މިއަދު ކުއްލި ޖަލްސާއެއް ބާއްވާފައިވާ ކަމަށާއި އެ މަގާމްއަށް އަކްރަމް އިންތިހާބު ކޮށްފައިވާ ކަމަށެވެ.

އީސީން ކުރި ޓްވީޓު

އީސީއަށް މިއަދު ވަނީ އެ ކޮމިޝަންގެ ރައީސްކަން ކުރިން ކުރައްވާފައިވާ ފުއާދު ތައުފީގު އައްޔަން ކުރައްވައިފަ އެވެ. އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމުގައި ފުއާދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަކްރަމކީ ކުރީގެ ސަރުކާރުގައި ވެސް އީސީގެ މެންބަރެކެވެ. އަދި އެ ކޮމިޝަންގެ ތަރުޖަމާނުގެ މަގާމް ވެސް އަދާ ކުރެއްވީ އަކްރަމް އެވެ.