އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއަކު ހަމަޖައްސައިފި

Nov 25, 2019

އިސްލާމިކް މިނިސްޓްރީއަށް ޕާމަނެންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަން ކުރީ އެ މިނިސްޓްރީގެ ފިނޭންސް ސެކްޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ހަސީބެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް ބައިވެރިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި އަބްދުލް ހަސީބަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއައް އައްޔަން ކުރި އަބްދުލް ހަސީބަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސްއާ ހަމައަށް ތައުލީމު ހާސިލްކޮށްފަ އެވެ.

އޭނާއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ އެސިސްޓަންޓް އެކައުންޓްސް އޮފިސަރު ކަމާއި، ކްރިމިނަލް ކޯޓްގެ ބަޖެޓް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީއަށް އާ ޕީއެސްއަކު ހަމަޖެއްސީ ކުރިން ޕީއެސްގެ މަގާމުގައި ހުންނެވި މުސްއަބް އަބްދުﷲ ގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނުން ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރުމުންނެވެ.