ދުނިޔެ

ޝިންޖިއަންއަށް ވަނުމަށް ހުއްދަ ދޭން ގޮވާލައިފި

ޗައިނާ ޝިންޖިއަންގުގައި މުސްލިމުން ހައްޔަރު ކޮށްފައިވާ ޖަލުތަކަށް ވަނުމުގެ ހުއްދަ އދ. އަށް ދިނުމަށް އިނގިރޭސިވިލާތުން ޗައިނާއަށް ގޮވާލައިފި އެވެ. ޝިންޖިއަންގެ ސަރަހައްދަކީ ޗައިނާ ސަރުކާރުގެ ދިފާއީ ބާރާއި، ސަރުކާރުން ހާއްސަ ހުއްދަ ދީފައިވާ ފަރާތްތަށް ފިޔަވާ އެހެން މީހުން ވަނުން މަނާ ކޮށްފައިވާ ސަރަހައްދެކެވެ.

އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޗައިނާ ސަރުކާރުން މުސްލިމުންދާ ދެކޮޅަށް އަމަލުތަށް ހިންގަމުންދާ ކަމުގެ ޝަކުވާ އަބަދު ވެސް ބޮޑު ކަމަށެވެ. އަދި މިހާރު ލީކު ވެގެން އުޅޭ ޗައިނާ ސަރުކާރުގެ ސިއްރު ޑޮކިއުމެންޓުތަކުން އެގޭ ގޮތުގައި ޗައިނާ ސަރުކާރުން ދަނީ ގިނަ އަދަދެއްގެ މުސްލިމުން ޝިންޖިއަންގައި ހުންނަ ޖަލު ތަކުގައި ބަންދުކޮށް އަނިޔާ ކުރަމުން ކަމަށެވެ.

ލީކުވި ޑޮކިއުމެންޓުގައި ޖަލު ބަލަހައްޓާ މީހުން މުސްލިމުންދާ ދެކޮޅަށް ލާ އިންސާނީ އަނިޔާ ދެމުންދާކަން އެގެން އޮތް ކަމަށް ވެސް އިނގިރޭސިވިލާތުގެ ބަޔާނުގައި ބުނެފައި ވެއެވެ. ޑޮކިއުމެންޓުގައި ވާގޮތުން ޖަލު ތަކުގައި އެއް މިލިއަން މުސްލިމުން ވަނީ ބަންދުކޮށްފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިއީ އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަށާއި، އަދި މިއީ ބައިނަލްއަގްވާމީ ކުށަކަށްވުމުން އދ. އިން ޝިންޖިންއަންއަށް ވަނުމުގެ ހުއްދަ ޗައިނާއިން ދީ މުސްލިމުންނާ ދެކޮޅަށް ހިންގި ލާ އިންސާނީ އަނިޔާތަކާއި އަމަލުތަކަށް ތަހުގީގުކޮށް ބެލެން ޖެހޭ ކަމަށެވެ.

"ޝިންޖިއަންގައި ގާނޫނީ އިމުގެ ބޭރުން އެއް މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރު ކުރުމާއި އެ ސަރަހައްދުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު އަޅުގަނޑުމެންގެ ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި، އަދި އެއްވެސް ހުރަސް އެޅުމަކާ ނުލައި އދ ގެ އޮބްޒާވަރުންނަށް އެސަރަހައްދަށް ވަނުމަށް ހުއްދަ ދޭން އިނގިރޭސިވިލާތުން ގޮވާލަން" ބަޔާނުގައި ބުނެފައިވެ އެވެ.

މުސްލިމުން ބަންދު ކޮށްގެން އުޅޭ މައްސަލަ މިހާރު ވަނީ ދުނިޔޭގެ ބޮޑެތި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުގެ ސަމާލުކަމަށް އައިސްފަ އެވެ.