ވިޔަފާރި

އެމެރިކާގެ ކޭއެސްއެލް ކެޕިޓަލް އިން ސޮނޭވާގެ ހިއްސާ ގަނެފި

Nov 29, 2019

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޭއެސްއެލް ކެޕިޓަލް އިން ރާއްޖޭގައި ރިސޯޓް ހިންގާ ސޮނޭވާ ކުންފުނީގެ ހިއްސާ ގަނެފި އެވެ.

ހޮޓެލް މެނޭޖުމަންޓް ސައިޓުގައިވާ ގޮތުން، ކޭއެސްއެލް ކުންފުނިން ރާއްޖެ އާއި ތައިލެންޑުގައި ރިސޯޓު ހިންގާ ސޮނޭވާ ކުންފުނީގެ ގަނެފައިވަނީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާއެއް ނޫނެވެ. ނަމަވެސް އެ ކުންފުނިން ގަތީ ސޮނޭވާ ކުންފުނީގެ ކިތައް ޕަސެންޓު ހިއްސާ ކަމެއް ބުނެފައެއް ނުވެ އެވެ.

ކޭއެސްއެލް ކެޕިޓަލް ކުންފުނިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ސޮނޭވާ ކުންފުނީގެ ހިއްސާ ގަތް ނަމަވެސް ސޮނޭވާ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުންނަކީ އަދި ވެސް އެ ކުންފުނީގެ ފައުންޑަރު ސޯނޫ ޝިވްދަސާނީ އަދި އޭނާގެ އަންހެނުން އީވާ ޝިވްދަސާނީ އެވެ.

ސޮނެވާ އިން ރާއްޖޭގައި ހިންގަނީ ސޮނެވާ ޖާނީ އާއި ސޮނޭވާ ފުއްޓެވެ. މީގެ އިތުރުން ދެން ރިސޯޓެއް ހިންގަނީ ތައިލެންޑުގަ އެވެ.