ދުނިޔެ

ރައްޔިތުން އެވަނީ ނުބައި ރޭވުމެއް ފަޅާ އަރުވާލާފައި: ހާމަނާއީ

Nov 28, 2019

ތެލުގެ އަގު ބޮޑުވި ކަމަށް ބުނެ، އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާތަކަކީ ބައެއް ދުޝްމަން ގައުމުތަކުން އަޑީގައި ތިބެގެން ސަރުކާރުގެ ވައްޓާލުގެ ބޭނުމުގައި ކުރަމުންދާ މުޒާހަރާތަކެއްކަން ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ފަޅާ އަރާފައިވާ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

އިރާނުގައި މިހާރު ކުރަމުންދާ މުޒާހަރާ ތެރެއިން، 731 ބޭންކް، ސަރުކާރުގެ 140 އޮފީހެއްގެ އިތުރުން 70 ގޭސް ސްޓޭޝަނެއްގައި އަދި ސަލާމަތީ ބާރު ތަކުގެ 50 އުޅަނދެއްގައި ވަނީ އަލިފާން ރޯކޮށްފަ އެވެ. މި ހުރިހާ ކަމެއް ކޮށްފައިވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ދިޔަ ސިފައިންނެވެ. ސިފައިން މިކަންތައް ކޮށްފައިވަނީ އެމެރިކާ އާއި އިޒްރޭލު އަދި ސައުދީ އަރަބިއްޔާއާ ގުޅިގެން ކުލީ ސިފައިންގެ ގޮތުގައި ކަމަށް ހާމަނާއި ވަނީ ވިދާޅުވެފަ އެވެ.

ހަމަނުޖެހުން އުފެއްދި ހުރިހާ ސިފައިން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ސިފައިން އިސްވެ ތިބެ ތަންތަނުގައި ހުޅު ޖަހަމުންދާކަން ސަރުކާރުގެ ސަމާލުކަމަށް ގެނައީ، މުޒާހަރާގެ ބައިވެރިންނެވެ.

"މި ކުލީ ސިފައިން މަސައްކަތް ކުރީ ގައުމުގައި ހަމަނުޖެހުން ހިންގާ ސަރުކާރަށް މަޖުބޫރު ކުރުވަން އިސްތިއުފާ ދިނުމަށް، އެކަމަކު އެއިން އެއްވެސް ގޮތެއް އެމީހުން ރޭވި ގޮތަށް ކުރިއަށް ނުދިޔަ، އިރާނާ ދުޝްމަން ތިން ގައުމެއް އެވަނީ ދުނިޔޭގެ ކުރިމަތީގައި ފަލީހަތްވެފަ، އޭގެ ތެރޭގައި އިރާނުގެ އިގްތިސޯދު ފުޑާލަން މަސައްކަތް ކުރާ ގައުމެއް ވެސް ހިމެނޭ، އަދި އިރާނުގެ ބޮލުގެ ދޮގު ތުހުމަތު އަޅުވާ ގައުމަކާއި، އިމުގެ ބޭރުން ބިންތަކަށް ވެރިވެގަންނަ ގައުމެއް ހިމެނޭ" ހާމަނާއި ވިދާޅުވި އެވެ.

އިރާނުގެ ފޮރިން މިނިސްޓީން މައުލޫމާތު ދޭ ގޮތުގައި މުޒާހަރާ ތަކުގައި ދެ ލައްކަ މީހުން ވަނީ ބައިވެރިވެފަ އެވެ. ފަހުން މުޒާހަރާ ކޮންޓޮރޯލްކޮށް ލީޑް ކުރަމުން ދިޔައީ ހައްޔަރުކުރި ކުލީ ސިފައިންނެވެ. އެމީހުން ދިޔައީ ހަމަނުޖެހުން އުފެއްދުމަށްފަހު ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

މުޒާހަރާ ހޫނުވާން ފެށުމުން، ކޮންޓޮރޯލް ކުރުމުގެ ބޭނުމުގައި ސިިފައިން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. މުޒާހަރާ އެއްކޮށް އަދިވެސް ކޮންޓްރޯލް ވެވިފައިނުވާއިރު، ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 146 މީހަކު ވަނީ މަރުވެފަ އެވެ. އަދި ސަރުކާރާ ދެކޮޅު 180 ލީޑަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.