ވިޔަފާރި

މާފަރު އެއްކޮޅު ޓިކެޓު 750ރ. އަށް

Nov 29, 2019
2

މޯލްޑިވިއަން އިން މާފަރަށް ދަތުރު ފެށުމަށް ތައްޔާރުވެފައިވާއިރު، މާފަރު ޓިކެޓު ކޮޅަކަށް 750ރ. އަށް ވިއްކަން ފަށައިފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްއަކީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލުކޮށްގެން، ތަރައްގީކުރި އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓު އަންނަ މަހުގެ އެއްވަނަ ދުވަހު ރަސްމީކޮށް ހުޅުވާއިރު، މި އެއާޕޯޓު މެނޭޖުކޮށް ބަލަހައްޓާނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ހަދަން ފަންޑުކޮށްފައިވަނީ ހަރަދެއް އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ހަރަދުގަ އެވެ. އެ ކުންފުނިން މި މަޝްރޫއަށް 60 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. މި އެއާޕޯޓަކީ އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ފުރިހަމަ އެއާޕޯޓެކެވެ.