ވިޔަފާރި

ފަންނު އެކްސްޕޯގައި މިފްކޯގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް

Nov 29, 2019

ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ނިމުނު ފަންނު އެކްސްޕޯގައި މިފްކޯގެ އުފެއްދުންތަކަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ފަންނު އެކްސްޕޯ ވެގެން ދިޔައީ އެ ކުންފުންޏަށް ހީކުރި ވަރަށް ވުރެ ވެސް ކާމިޔާބު ފެއާ އަކަށް ކަމަށެވެ.

"އަޅުގަނޑުމެންގެ އާ އުފެއްދުންތައް ޕްރޮމޯޓްވެ، ވަރަށް ބޮޑަށް ވިކުނު. މީގެ އިތުރުން ފަރުމަސް ވިއްކުން ފަދަ ވިޔަފާރީގެ ރަނގަޅު ޑީލުތައް ލިބުނު،" އޮފިޝަލް ވިދާޅުވި އެވެ.

މިފްކޯ އިން ވަނީ ފަންނު އެކްސްޕޯގެ ތެރޭގައި އެ ކުންފުނީގެ ބައެއް އުފެއްދުންތައް ޕްރޮމޯޓް ކޮށްފަ އެވެ. މީގެ ތެރޭގައި އަލަށް ތައާރަފުކުރި ދަޅުމަހާއި ފިޝް ނަގެޓްސް ހިމެނެ އެވެ. މި އުފެއްދުންތަކުގެ ރަހަ ދިވެހިންގެ އިތުުރުން ބޭރު މީހުންވެސް ބަލާފައިވެ އެވެ.