އުރީދޫ

އުރީދޫން ކަލަ ރަންގެ ހަރަކާތްތައް ފަށައިފި

Nov 29, 2019

އުރީދޫ ކަލަ ރަންއާ ދިމާކޮށް ހުޅުމާލޭގައި ހަރަކާތްތައް މިއަދު ފަށައިފި އެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ ކަލަ ރަން މި އަހަރު ކުރިއަށް ދަނީ ހުޅުމާލޭގަ އެވެ. މި އަހަރުގެ ކަލަ ރަންގައި ތިންހާހަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

މި ހަރަކާތްތައް ރާވާފައި ވަނީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ފުރުސަތު ލިބޭ ގޮތަކަށެވެ. މިއަދު ހެނދުނު ހުޅުމާލޭގައި "މޫދު އުފާ" ގެ ނަމުގައި ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި ހުޅުމާލޭގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.

ހަރަކާތުގައި މިއަދު ހަވީރު އޮންނާނީ ކައިޓް ފެސްޓިވަލެވެ.

އުރީދޫ ކަލަ ރަންގެ ރަސްމީ ހަރަކާތް ކަމަށްވާ ދުވުން އޮންނާނީ މާދަމާ ހަވީރު އެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ އިވެންޓެކެވެ. ކަލަ ރަންގައި ކޮންމެ ކިލޯމީޓަރެއްގެ ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ.

ކަލަ ރަން ނިމުމަށްފަހު، މާދަމާ ރޭ ރާއްޖޭގެ މިއުޒިކީ ތަރިންނާއެކު ބާއްވާ މިއުޒިކް ޝޯއެއް އޮންނާނެ އެވެ.