ވިޔަފާރި

ސަރުކާރުގެ 19 ކުންފުނި އުވާލަނީ

Dec 3, 2019
6

ސަރުކާރު ހިއްސާވާ 19 ކުންފުންޏެއް އުވާލަން ނިންމައި، ކުންފުނީގެ ނަންތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސުން އާއްމުކޮށްފައިވާ ކޮމްޕެނީސް އިން ލިކުއިޑިޓޭޝަން ލިސްޓުގައި ގިނައިން ހިމެނެނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދި ކުންފުނިތަކާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެކި ބޭނުން ތަކަށް އުފައްދާފައިވާ ކުންފުނިތަކެވެ.

މި ކުންފުނިތަކުގެ ތެރޭގައި ކުރިން ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް އަދި ހިދުމަތްތައް ދިން ކުންފުނިތައް ވެސް ހިމެނެ އެވެ. އެ ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ފެލިވަރު ފިޝަރީޒް އަދި ކޫއްޑޫ ފިޝަރީޒް ކުންފުނީގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވްޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ހަޒާނާ މޯލްޑިވްސް ފަދަ ގިނަ ކުންފުނި ތަކެއް ހިމެނެ އެވެ.

ސަރުކާރު ހިއްސާވާ 21 އަށްވުރެ ގިނަ ކުންފުނި ހަރަކާތްތެރިވެ އެވެ. ނަމަވެސް މި ކުންފުނިތަކުގެ ތެރެއިން އަމިއްލަ ފައިމައްޗަށް ތެދުވެ، ވިޔަފާރި ކުރެވެނީ ނިސްބަތުން މަދު ކުންފުނިތަކަށެވެ.