ސައުތު އޭޝިއަން ގޭމްސް

ސައުތު އޭޝިއަން ގޭމްސް: ސާއިދު ފައިނަލަށް

ނޭޕާލުން: ހުސައިން ހަބީބު
Dec 3, 2019

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުގެ ހީޓުން ތިންވަނަ ހޯދައި ރާއްޖޭގެ ދުވުންތެރިޔާ ހަސަން ސާއިދު ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ހެނދުނު ބޭއްވި ހީޓު ސާއިދު ނިންމީ 10.66 ސިކުންތުންނެވެ. އެއްވަނަ އަށް ދިޔައީ ލަންކާގެ ދުވުންތެރިޔާ ހިމްޝަން އިޝާން އެވެ. އޭނާ ރޭސް ނިންމީ 10.51 ސިކުންތުންނެވެ.

ދެ ވަނައަށް ދިޔާއީ 10.60 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ގުރިންދެރުވިރު ސިންހް އެވެ.