މިނިސްޓްރީ އޮފް އެޑިއުކޭޝަން

36 ޕްރިންސިޕަލުން ހޯދަނީ

ތިރީސް ހަ ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާނުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވަނީ އިއުލާނެއްގައި ބުނެފައިވަނީ ގިނަ ސުކޫލްތަކަކަށް ޕްރިިންސިޕަލުން ބޭނުންވާ ކަމަށެވެ. އެ އިއުލާނުގައި ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަންވާ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ.

އަދި އެ މަގާމަށް ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް އަދި މަގާމުގެ މަސްއޫލިއްޔަތުވެސް ވަނީ ބަޔާންކޮށްފައެވެ.

ޕްރިންސިޕަލުން ހޯދާ ސުކޫލްތައް

  • ހއ. މޮޅަދޫ ސްކޫލް
  • ހއ. ބާރަށު ސްކޫލް
  • ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
  • ހދ. ފިނޭ ސްކޫލް
  • ހދ. ނޭކުރެންދޫ ސްކޫލް
  • ށ. ފީވަކު ސްކޫލް
  • ށ. ބިލެތްފަހި ސްކޫލް
  • ށ. ފޭދޫ ސްކޫލް
  • ށ. ނޫމަރާ ސްކޫލް
  • މުނައްވަރާ ސްކޫލް
  • ނ. ފޮއްދޫ ސްކޫލް
  • ނ. ކެނދިކުޅުދޫ ސްކޫލް
  • ނ. ލަންދޫ ސްކޫލް
  • ނ. މަގޫދޫ ސްކޫލް
  • ނ. ހިދާޔާ ސްކޫލް
  • ނ. މާފަރު ސްކޫލް
  • ރ. އަނގޮޅިތީމް ސްކޫލް
  • ބ. ދޮންފަނު ސްކޫލް
  • އއ. އަތޮޅު މަދަރުސާ
  • އއ. މަތިވެރި ސްކޫލް
  • އދ. މަންދޫ ސްކޫލް
  • އދ. ފެންފުށި ސްކޫލް
  • މ. ރަތްމަންދޫ ސްކޫލް
  • ދ. ހުޅުދެލި ސްކޫލް
  • ދ. ރިނބުދޫ ސްކޫލް
  • ތ. ހިރިލަންދޫ ސްކޫލް
  • ތ. ބުރުނީ ސްކޫލް
  • ތ. މަޑިފުށި ސްކޫލް
  • ތ. އޮމަދޫ ސްކޫލް
  • ތ. އަތޮޅު ތައުލީމީ މަރުކަޒު
  • ލ. ދަނބިދޫ ސްކޫލް
  • ގއ. އަތޮޅު މަދަރުސާ
  • ގއ. ކޮނޑޭ ސްކޫލް
  • ގދ. ވާދޫ ޖަމާލުއްދީން ސްކޫލް
  • ގދ. ފިޔޮރީ ސްކޫލް

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވަޒީފާ ދިނުމުގައި ހާސިލްކޮށްފައިވާ ތައުލީމާއި، ތަމްރީނުގެ އިތުރުން މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލާނެ ކަމަށެވެ.

އަދި މަަސައްކަތުގެ ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަ ނަމަ ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.