މަރާލާފައިވާ އިސްލާމިކް ސްޓޭޓުގެ ލީޑަރު އާބޫބާކުރު އަލް ބަޣުދާދީގެ ޑެޕިއުޓީއަކު އިރާގުން ހައްޔަރުކޮށްފި އެވެ. އިރާގު ފުލުހުން ބަޣުދާދީގެ ޑެޕިއުޓީ ހައްޔަރު ކުރީ ވަގު އައިޑެންޓިފިކޭޝަނެއް ބޭނުން ކޮށްގެން އެޕާޓްމެންޓެއްގައި އުޅެމުން ދަނިކޮށެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ވަގު އައިޑީއަކާއެކު އަބޫ ހަލާދުން ނަމުގައި އުޅެނިކޮށެވެ. އޭނާ ހުރީ އިރާގުގެ ހުވާޖާގެ ކިރްކުގައި ހުންނަ އެޕާޓްމެންޓެއްގަ އެވެ. އެ ޑެޕިއުޓީގެ ތަފުސީލްތައް އަދި އާންމު ކޮށްފައެއް ނުވެ އެވެ.
އިރާގު ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ އިރާގުގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އަދި އޭނާ ކުރިން އުޅުނީ ވެސް އެގޭގަ އެވެ.
ބަޣުދާދީ މަރާލުމަށްފަހު އެމެރިކާގެ ސިފައިންނާއި އިރާގުގެ ސިފައިން ދަނީ ކުރުދީންގެ އެހީގައި ބަޣުދާދީގެ ގާތް މީހުން ހައްޔަރުކޮށް ސުވާލު ކުރަމުންނެވެ. މިފަހުން ހައްޔަރުކުރި އައިއެސްގެ ހުރިހާ ވެރިންގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ދީފައިވަނީ ހައްޔަރުކޮށްފައިވާ ބަޣުދާދީގެ ދައްތަ އެވެ.
ކުރުދީން ދަނީ އެމެރިކާގެ އެދުމެއްގެ މަތިން އައިއެސްގެ އިސް މީހުން ހައްޔަރު ކުރުމަށް ސިއްރު އޮޕަރޭޝަން ހިންގަމުންނެވެ.