ދުނިޔެ

ލާންކާ ޕާލަމެންޓު އެއްމަސް ދުވަހަށް ސަސްޕެންޑު ކޮށްފި

Dec 4, 2019

ސްރިލަންކާގެ ގާނޫނު ހަދާ މަޖިލިސް އެއް މަސް ދުވަހަށް ސަސްޕެންޑުކުރަން އެގައުމުގެ ރައީސް ގޮތަބަޔަ ރާޖްޕަކްސާ ނިންމައިފި އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރަކީ ފަސް އަހަރެވެ. މަޖިލީހުގެ މިހާރުގެ ދައުރު އަންނަ އަހަރު އޮގަސްޓު މަހަށް ހަމަވާއިރު ގޮތަބަޔަ އެ މުއްދަތު ފަސް މަސްކުރިން އުވާލުމާ ބެހޭ ގޮތުން މިދިޔަ ނޮވެމްބަރު މަހު ވަނީ އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހާ ބައްދަލުކުރުމަށްފަހު، ރަނިލް ވެސް އެގޮތަށް އެއްބަސްވުމާ ގުޅިގެންނެވެ.

ގޮތަބަޔަ މިހާރު ވެރިކަން ކުރަމުންދަނީ ވަގުތީ ކެބިނެޓާއެކުގަ އެވެ. މިހާރު ހިނގަމުންދާ ރިޔާސީ ދައުރަށް ކެބިނެޓް އައްޔަން ކުރެވެން ހުރީ މަޖިލީސް އެއް މަސް ދުވަހަށް ސަސްޕެންޑު ކޮށްގެން ކަމަށް ގޮތަބަޔަ ވަނީ ވިދާޅުވެފަ އެވެ. މަޖިލިސް އެއް މަސް ދުވަހަށް ސަސްޕެންޑު ކޮށްފައިވާއިރު ލަންކާގެ ބައެއް މުހިންމު މަގާމުތަކުގެ މިނިސްޓަރުން މިހާރު ވަނީ އައްޔަންކޮށްފަ އެވެ. އޭގެ ތެރޭގައި ހާރިޖީ ވަޒީރާއި ދިފާއި ވަޒީރު ހިމެނެ އެވެ.

މަޖިލިސް އުވާލާފައިވާ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު ކުރަން ޖެހިދާނެ ކަމަށް ވެސް ގޮތަބަޔަ ވަނީ ވިދާޅުވެފަ އެވެ. ގޮތަބަޔަ ވިދާޅުވީ، ލަންކާ ބޮމުގެ ހަމަލާ ތަހުގީގު ކުރުމުގެ ތެރޭގައި މިނިސްޓަރު ކަމަށް ގެންނަން ތައްޔާރުކުރި ލިސްޓުގައި ބޮމުގެ ހަމަލާއާ ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅި މީހުން އެބަތިބި ކަމަށެވެ، އަދި އެމީހުންގެ ބަދަލުގައި އާ މީހުން ހޯދަން ވަގުތު ނަގާނެ ކަމަށެވެ.