ހަބަރު

ހޮވައިގެން ގެނައި 100 ރުފިޔާގެ ވެރި ފަރާތް ހޯދަނީ

Dec 4, 2019
1

ފިހާރައެއް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ރުފިޔާގެ ނޫޓެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނެއް ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ސަތޭކަ ރުފިޔާގެ ނޫޓަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދޮންމަސް ފްރެޝް ނަމަކަށް ކިޔާ ފިހާރައެއް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ ކަމަށެވެ.

ފުލުހުުން ވަނީ މި ފައިސާގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް އެދިފައެވެ.