ވިޔަފާރި

މަސްވެރިންގެ ދުވަހާ ދިމާކޮށް މިފްކޯ އިން ހާއްސަ ޕްރޮމޯޝަނެއް

Dec 7, 2019

މަސްވެރިންގެ ދުވަހާ ދިމާކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިފްކޯ އިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ މަސްވެރިންގެ ދުވަހާ ދިމާކޮށް ފަށާފައިވާ ހާއްސަ ޕްރޮމޯޝަން މިމަހުގެ 7-12 އަށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި މުޅި ރާއްޖޭގައި ހުރި އެ ކުންފުނީގެ އައުޓްލެޓްތަކުން އުފެއްދުންތަކުގެ އަގު ހެޔޮކޮށްފައިވާނެ ކަމަށެވެ.

"މި މުއްދަތުގައި 680ރ. އަށް ވިއްކާ ދަޅު މަސް ކޭހެއް 650 އަށް ލިބޭނެ. މިއަގު މިފްކޯގެ އަައިސް ޕްލާންޓުތަކާއި އެހެން ފިހާރަތަކުން ވެސް ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މަސްވެރިން ދުވަސް މި އަހަރު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަ ކުރާއިރު، ހުޅުމާލޭގައި ހާއްސަ ފެއާއެއް ވަނީ ފަށާފަ އެވެ. ފިޝަރީޒް އެކްސްޕޯ ގެ ނަމުގައި ކުރިއަށް ގެންދާ މި ފެއާގައި މިފްކޯގެ ހުރިހާ އުފެއްދުމެއް ދައްކާލަން ބަހައްޓާފައިވެ އެވެ. ހުޅުމާލެ ހުރަވީ ސްކޫލުގައި ކުރިއަށްދާ މި ފެއާ އަށް ދާ ފަރާތްތަކަށް އެ ކުންފުނީގެ އުފެއްދުންތައް ރަހަ ދެއްކުމުގެ ހަރަކާތް ތަކެއް ވެސް ކުރިއަށްދާނެ އެވެ.