ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑު ޖަޖު ކުރުން ނިންމާލައިފި

Dec 8, 2019
1

ގިނަ ބަޔަކު ކުރިމަތިލި، އެސްޓީއޯ، މޯލްޑިވްސް ބިޒްނަސް އެވޯޑު (އެމްބީއޭ) ޖަޖު ކުރުން ނިންމާލައިފި އެވެ.

އެމްބީއޭ އެވޯޑަށް ނޮމިނޭޝަނަށް ހުޅުވާލުމާއެކު 50 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލި އެވެ. މީގެތެރޭގައި ވިޔަފާރީގެ އެކި ދާއިރާތަކާއި ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެ އެވެ. މި އަހަރުގެ އެވޯޑު ޖަޖު ކުރުމުގައި ވެސް މި ދާއިރާގެ އިސް ފަރާތްތަކުން ހަރަކާތްތެރިވެފައިވެ އެވެ.

ޖަޖިން ޕެނަލް

  • ހަމްދޫން އަބްދުލް ހަމީދު (ކުރީގެ ޕްލޭނިން މިނިސްޓަރު)
  • މަރިޔަމް ވަސީމާ (ލައިފް ސަޕޯޓުގެ އެމްޑީ)
  • އަހުމަދު މާޒިން (ފިނޭންސުގެ ޕާމެނަންސް ސެކްރެޓަރީ)
  • ސައީދާ އުމަރު ( ބީއެމްއެލްގެ ކުރީގެ ޗެއާމަން)
  • އިބްރާހިމް ނަސްރީން (ޕީއެސްއެމް ސީސީއޯ)
  • އިބްރާހިމް އާސިމް (އެމްއެމްޕީއާރުސީގެ ޑިރެކްޓަރު)
  • އަހުމަދު މުނައްވަރު (ކުރީގެ ފިނޭންސް މިނިސްޓަރު)
  • އާތިފް ޝަކޫރު (ޔުނައިޓެޑް ފުޑް ސަޕްލަޔާ، އެމްޑީ)

މޯލްޑިވްސް ބިޒްނަސް އެވޯޑު (އެމްބީއޭ) އިންތިޒާމުކުރާ ބްލޭޒަން ކުންފުނިން ބުނި ގޮތުގައި މި އެވޯޑު ދިނުން އޮންނާނީ މިމަހުގެ ފަހުކޮޅު އެވެ. އަދި ފަހުން އެވޯޑު ބާއްވާނެ ތާރީހެއް އެ ކުންފުނިން އިއުލާނު ކުރާނެ އެވެ.

މި އަހަރުގެ އެވޯޑުގެ ޓައިނަލް ސްޕޮންސަރަކީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިގްތިސޯދުގެ އެކި ދާއިރާތަކަށް ހާއްސަ ކޮށްގެން ދޭ އެވޯޑެކެވެ. މި އެވޯޑުގެ ދެނީ ވިޔަފާރިތައް ތަރައްގީ ކުރަން ހިތްވަރު ދިނުމަށާއި އަގު ވަޒަން ކުރުމަށެވެ. މި އެވޯޑުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.