ވިޔަފާރި

ޖާހް ސިޓީ ސެންޓަރު ހުޅުމާލޭގައި ހުޅުވައިފި

Dec 9, 2019

މަޝްހޫރު ވިޔަފާރި ކުންފުނި، ޖައުސާ ކޮންސްޓްރަކްޝަންގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ރާއްޖޭގައި އިމާރާތް ކުރުމުގެ ވިޔަފާރި އެންމެ ކުރިން ފެށި އެ ކުންފުނި ކަމަށްވާ ޖައުސާ ކޮންސްޓްރަކްޝަންގެ ޖާހް ސިޓީ ސެންޓަރު (ޖޭސީސީ) ގެ ފިހާރައެއް ހުޅުއްވައި ދެއްވީ ހުޅުމާލޭގެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އާއި ޖައުސާ ކުންފުނީގެ ބާނީ ޖައުސާ ޖައުފަރު އެވެ.

ޖޭސީސީގެ މި ފިހާރަ ހުޅުވާފައިވަނީ ދުވާ ޓްރެކް ކުރިމައްޗަށްވާ ގޮތަށް ލިންޗް ޕިން ފިހާރަ ކައިރީގަ އެވެ.

ދާދި ފަހުން، ޖާހްގެ ނަމަށް ފިހާރަތައް ބްރޭންޑުކޮށްފައިވާ ކުންފުނިން ހުޅުމާލޭގައި ހުޅުވި އާ ފިހާރަ އިން ވެސް އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާނެ ގިނަ ސާމާނު ލިބެން ހުރެ އެވެ.

ޖާހް ސިޓީ ސެންޓަރުން ތަށިމުއްޓާއި، ފާހާނާއަށް ބޭނުންވާނެ ސާމާނުގެ އިތުރުން ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާނެ ސާމާނު ލިބެން ހުރެ އެވެ. މީގެތެރޭގައި ރަގް އާއި ވޯލް ޕޭޕަރު ފަދަ ތަކެތި ހިމެނެ އެވެ. އަދި ދުނިޔެ އަށް މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހަފަލޭ ބްރޭންޑުގެ ބަދިގެ ސާމާނު ވެސް ލިބެން ހުރެ އެވެ.

ޖޭސީސީ ފިހާރައިން ދުނިޔެއަށް މަޝްހޫރު ގިނަ ބްރޭންޑުތަކެއް ވިއްކަ އެވެ. މީގެތެރޭގައި މަޝްހޫރު ލަންކާ ޓައިލްސް އާއި އެމެރިކަން ސްޓޭންޑަޑް ފަދަ ގިނަ ބްރޭންޑުތަކެއް ހިމެނެ އެވެ. މި ފިހާރަ ހުޅުވުމާ ދިމާކޮށް ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.