ހަބަރު

ފުލުހަކު، ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ބަލަނީ

ސާޅީސް ދެ އަހަރުގެ ދިވެހި ފިރިހެނެއް، 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ ތެރެއިން މާރާމާރީއެއް ހިނގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ޖިންސީ ގޯނާ ކުރަން އުޅުމުގެ ތެރެއިން ހިނގި މާރާމާރީގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމަށާއި އޭނާ ވަނީ ވަގުތުން ހައްޔަރު ކޮށްފައި ކަމަށެވެ.

ނަމަވެސް މިއަދު މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ އަށް ޝަރުތުކޮށް ބަންދުން ދޫކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ޖިނާއީ ތަހުގީގު މިހާރު ދަނީ ދަނީ ކުރަމުންނެވެ. ހައްޔަރު ކޮށްފައިވާ ފުލުހުގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުން ދާއިރު މި މުވައްޒަފު މިހާރު ހުރީ ސަސްޕެންޑުކޮށްފަ އެވެ.