ލައިފްސްޓައިލް

ބޭބީ ޕައުޑަރު ބޭނުން ކުރެވޭނީ ކިހިނެއް؟

Aug 25, 2015

ބޭބީ ޕައުޑާ ރާއްޖެއަށް ތައާރަފްވީ ކޮން ދުވަސްވަރެއްގައި ކަމެއް ނޭނގެއެވެ. އެކަމަކު ހަނދާން ހުރީއްސުރެ މިއަދާ ހަމައަށް ވެސް އެއީ ގާތްގަނޑަކަށް ހުރިހާ ގެއެއްގައި ބޭނުން ކުރަމުންދާ އެއްޗެކެވެ. ކުޑަކުދިންނަށް ހާއްސަ ނަމަވެސް ބޮޑެތި މީހުންވެސް މިބޭނުންކުރާލެއް މަދެއް ނޫނެވެ.

3) ހެދުމުގެ ލަށް ފިލުވައިދޭ: ކައްކާ ގަޑިއަކު ނޫނީ ތެޔޮ ހުންނަ އެއްޗެއް ކާ ގަޑީގައި ހެދުމަށް އެއިން އެޅިއްޖެނަމަ ފިލުވުމަކީ ވަރަށް  އުނދަގޫ ކަމެކެވެ. ހެދުމުގައި ހުރި ލަށްފިލުވުމަށް ބޭބީ ޕައުޑާ ލަށް މަތީގަައި ހާކާލާފައި އިރު ކޮޅަކަށް ބެހެއްޓުމުން އޭގައި ހުންނަ ތެޔޮ ފިލައެވެ. ދެން މެޝިނަށްލައި ދޮވެލުމުން ހޭކިފައި ހުރި ކުލަކޮޅު ފިލާ ހެދުމުގައި އެއްޗެއް ހޭކުނު ކަމެއް ނުވެސް އިނގޭނެއެވެ.

4) އަންހެނުންނަށް ވެސް، އެކަމަކު ހާއްސަކޮށް ފިރިހެނުންނަށް: ދުވާލު ހަތަރުދަމު މަސައްކަތުގައި އަވަދިނެތި އުޅެ ގެއަށް އައިސް ބޫޓު ބާލާއިރު ދުވާވަހެއް ނޭފަތް މަތީގައި ޖަހާކަހަލައެވެ. ވަސް ފިލުވުމަށްޓަކައި ރޭގަނޑު ބޫޓުގެ ތެރެއަށް ބޭބީ ޕައުޑާކޮޅެއް އަޅާލައިފައި ހެނދުނު ފޮހެލާށެވެ.

5) ގިނައިން ފަށާއި ކެވެލިކޮޅު އަޅާ މީހުންނަށް އެންމެ ދުއްތުރާ ވަނީ އަޅަން ބޭނުންވާ ގަޑިއެއްގައި އަޅަން ބަލާއިރު ތިން ހަތަރު ފަށް ގޮށް ޖެހިފައި އޮތުމުންނެވެ. މިއީ ކެތްތެރި ކަމުގެ ޓެސްޓެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެއީ އަވަސް ހަދައިގެން ދަމައިގަންނަ ގަޑީގައި އެންމެ ރީތި ފަށްތަކެއް ކަނޑައިގެން ދާތީއެވެ. ޖެހިފައި ތިބި ގޮށް މައްޗަށް ބޭބީ ޕައުޑާގެ ކުޑައެތިކޮޅެއް އަޅާފައި ދެން ވަކިކުރާށެވެ. އޭރު އަވަހަށް ގޮށް ނެއްޓި ފަސޭހައިން ވަކިކުރެވެއެވެ.

6) އަންހެނުން ޒީނަތްތެރިވާ ގަޑީ އެކި އެކި ކަންކަމުގައި ބޭބީ ޕައުޑާ ބޭނުން ކުރެވޭނެއެވެ. މޭކަޕް ކުރާ ގަޑީ ކޮންސީލާ މޫނުގައި ލާފައި ބޭބީ ޕައުޑާއިން ބްރަޝްއަކުން ބްލެންޑްކޮށްލާށެވެ. މީގެ އިތުރުން ވެކްސް ކުރާ މީހެއްނަމަ ކުރުމުގެ ކުރިން ހަންގަނޑުގައި ބޭބީ ޕައުޑާ ހާކާލާށެވެ. އޭރުން ހަންގަނޑުގައި ހުންނަ ތެޔޮ ދަމައިގަނެ ވެކްސްކުރުމުން "އިރިޓޭޓް" ނުވާނެއެވެ.