ވިޔަފާރި

ރެޑްވޭވްގެ "މޮލްފިކްސް" ނެޕީއަށް އާންމުންގެ ބޮޑު ތަރުހީބެއް!

ރެޑްވޭވްއިން ރާއްޖޭގެ ބާޒާރަށް ތައާރަފްކުރި "މޮލްފިކްސް" ބްރޭންޑުގެ ނެޕީއަށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ރެޑްވޭވް އިން ބުނެފި އެވެ.

ރެޑްވޭވް އިން ބުނީ މިހާރު އެކުންފުނިން ތައާރަފް ކޮށްފައިވަނީ، "މޮލްފިކްސް" ބްރޭންޑުގެ ޕޭންޓްސް، ޑައިޕާސް އަދި ބޭބީ ޑައިޕާސް ކަމަށެވެ. "މޮލްފިކްސް" ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ހިލާފަށް ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެއް ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއެވެ.

"މޮލްފިކްސް ބްރޭންޑްގެ ޑައިޕާސް އަކީ ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީ އެއް. އެގޮތުން، ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދޭ." ރެޑްވޭވް އިން ބުނެ އެވެ.

މީގެ އިތުރުން މޮލްފިކްސް ޕޭންޓްސް އަދި ޑައިޕާގާ ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނޭ ކަމަށާއި މިއާއެކު މޮލްފިކްސް ޕޭންޓްސްގައި ހިމެނޭ "އެނަޓޯމިކް ފިޓް"ގެ އަދި ޑައިޕާސްގައި ހިމެނޭ 3ޑީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ނެޕީ ދެމި، ހަރުލުމަށް މަގުފަހިވާ ކަމަށްވެސް ރެޑްވޭވް އިން ބުނެ އެވެ. އަދި މިނެޕީގައިވާ ޑަބަލް ލޭއާ އަދި ލީކުވުން ހުއްޓުވައިދޭ ބެރިއާގެ ސަބަބުން ނެޕީ ބޮޑަށްފޯވެ، ލީކުވުންހުއްޓުވައިދޭ ކަމަށާއި މި ނެޕީ ތައްޔާރުކުރެވިފައިވަނީ ފަސޭހައިން ލައްވާލެވޭ އަދި ބާލާވެސް ލެވޭ ގޮތަށް ކަމަށްވެސް ރެޑްވޭވް އިން ބުނެ އެވެ.

މޮލްފިކްސް ބްރޭންޑުގެ އިތުރު މައުލޫމާތު މޮލްފިކްސް ގެ އޮފިޝަލް ވެބްސައިޓް http://en.molfix.com/ އިން ލިބިވަޑައިގަންނަވާނެ އެވެ.

މޮލްފިކްސް ބްރޭންޑްގެ ޕޭންޓްސް، ޑައިޕާސް އަދި ބޭބީ ޑައިޕާސް، ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވަރަށް ހާއްސަ އަގުތަކެއްގައި ލިބިވަޑައިގަންނަވާނެކަމަށް ރެޑްވޭވުން މައުލޫމާތު ދެއެވެ. ރެޑްވޭވުން ވަނީ މޮލްފިކްސް ބްރޭންޑްގެ ހަ ސައިޒެއްގެ ޑައިޕާސް އާއި ޕޭންޓްސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. ރެޑްވޭވުން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރަށް ކޮލިޓީ ރަނގަޅު ބުރޭންޑްތަކެއް ހެޔޮއަގުގައި ތައާރަފްކޮށް، "ކޮލިޓީ ބްރޭންޑް އަގުބޮޑުވާނޭ" ކަމުގައިދެކޭ ވިސްނުން ބަދަލުކޮށްލުން ކަމަށެވެ.