ލައިފްސްޓައިލް

ޝިލްޕާ ޝެޓީ ރެސްޓޯރަންޓް ވިޔަފާރި ފުޅާކުރަނީ

ޝިލްޕާ ޝެޓީ އަނެއްކާވެސް ފިލްމީ މަސައްކަތް ފަށާފައިވާއިރު ރެސްޓޯރެންޓް ވިޔަފާރި ވެސް އިތުރަށް ފުޅާކޮށް އިތުރު ރެސްޓޯރަންޓްތައް ހުޅުވަން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މުމްބައީގެ މަޝްހޫރު ބައެއް ރެސްޓޯރަންޓްތަކުގެ ހިއްސާދާރަކަށް ޝިލްޕާ މިހާރު ވެފައިވާއިރު އޭނާގެ އަމިއްލަ ރެސްޓޯރަންޓް މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި ރެސްޓޯރެންޓުގައި މުޅިން ވެސް ހުންނާނީ ސިއްހަތަށް ފައިދާހުރި ކެއުން ތަކެވެ. ސިއްހަތަށް ގެއްލުންވާ ފަދަ އެއްވެސް ބާވަތެއް މި ރެސްޓޯރަންޓްގައި ތައްޔާރުކުރާ އެއްވެސް ކާނާއެއްގައި ނުހިމަނަ އެވެ.

"މިއީ ސިއްހަތަށް ސަމާލުކަން ދީގެން ކާއެއްޗެތި ތައްޔާރުކުރާ ރެސްޓޯރަންޓެއް،" ޝިލްޕާ ބުންޏެވެ.

ސިއްހަތަށް ގެއްލުން ލިބޭ އެއްވެސް ކާނާއެއް ޝިލްޕާ ނުކައެވެ. އޭނާގެ ހަށިގަނޑު އެހާ ފިޓްކޮށް ލޫޅާފަތިކޮށް ހުރުމުގެ ސިއްރަކީ އެއީ އެވެ.

ޝިލްޕާ ބުނި ގޮތުގައި އޭނާއަކީ ކެއުމަށް ލޯބިކުރާ މީހަކަށް ވާތީ ކޮންމެވެސް ވަރަކަށް ހުރިހާ ކާނާއެއްވެސް ކައެވެ. އަދި އޭނާ ކާ އެއްޗެތި އިންސްޓަގްރާމްގައި ފޭނުންނާ ހިއްސާ ކުރަމުންދާ ކަމަށެވެ.

ޝިލްޕާ ބުނި ގޮތުގައި އޭނާ ހުދު ހަކުރާއި ހުދު ފުށް އަދި ހުދު ހަނޑޫ ކެއުން ވަނީ މުޅިން ހުއްޓާލާފަ އެވެ. އަދި އެހެން މީހުންނަށް ވެސް މި އެއްޗެތި ނުކެއުމަށް އޭނާ އިރުޝާދު ދެއެވެ.