ވިޔަފާރި

އަމިއްލަ 32 ކުންފުންޏެއް އުވާލައިފި

Dec 14, 2019
1

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން 32 ކުންފުންޏެއް އުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން ބުނި ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ 32 އަމިއްލަފަރުދުންގެ ވިޔަފާރި ބާތިލް ކުރެވިފައިވާ ކަމަށެވެ.

ތިރީސް ދެ ކުންފުންޏެއް އުވާލިކަން އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކުރިއިރު، އުވާލުމުގެ މަރުހަލާގައިވާ ގިނަ ކުންފުނިތަކެއްގެ ނަންތައް އެ މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވެ އެވެ. މިފަހަރު އުވާލި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ 2015 ވަނަ އަހަރު އުފައްދާފައިވާ ކުންފުނިތަކެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް ފަސް ބުރެއްގެ މަތިން ގިނަ އަދަދެއްގެ ކުންފުނި އުވާލަން އިއުލާނުކޮށްފައިވެ އެވެ. މީގެތެރޭގައި ގިނައީ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުހިންގާތާ ގިނަ ދުވަސްވީ ކުންފުނި ތަކެވެ.