overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރައީސް މުހައްމަދު ނަޝީދު

ފާޑުކިޔުން ބޮޑުވުމުން، ނަޝީދު ރައްދު ދެއްވައިފި

ނިމިގެންދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ރައީސް ނަޝީދު ދޮގުކުރައްވައިފި އެވެ.

އިންޑިއާގެ ޓީވީ ޗެނެލަކަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އަދި އެ އިންޓަވިއުގައި ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ކުރެވުނީ އިންޑިއާގެ ނުފޫޒުން ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާ އެކަން ބަލަންޖެހޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުތައް އިތުރަށް ތަފްސީލް ކޮށްދެއްވުމަށް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބޭއްވުނު އެއްވެސް އިންތިހާބަކަށް އިންޑިއާއިން ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް 2018 ވަނަ އަހަރު ބޭއްވުނީ އިންޑިއާ ހިމެނޭގޮތުން ބޭރު ދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް އޮތުމުން ކަމަށެވެ. އެހެން ކަމުން އެކަމަށް އިންޑިއާއާއި އެހެނިހެން ގައުމުތަކަށް ޝުކުރުވެރިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބަކީ މިނިވަން ކަމާއެކު ބޭއްވުނު އިންސާފުވެރި އިންތިހާބެއް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށްލާ އަދި ބައެއް ލީޑަރުންނަށް ރާއްޖެ އައުމަށް ހުރަސްތައް ކުރިމަތިކުރަން ފެށުމުން ބޭރު ދުނިޔޭގެ ޕްރެޝަރު ރާއްޖެއަށް ވަރަށް ބޮޑުވިއެވެ. އެ ހާލަތުގައި ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެތޯ ގިނަ ގައުމުތަކުން ސުވާލުވެސް އުފެއްދިއެވެ.

ރިޔާސީ އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ނިމިގޮސް، އިދިކޮޅު ފަރާތްތަކުން އިންތިހާބު ކާމިޔާބު ކުރުމުން ރައީސް ޔާމީން ފުރަތަމަ ވަނީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރާކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އޭގެ ފަހުން އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ދެކޮޅު ހެއްދެވިއެވެ. އަދި މަގުމައްޗަށް ނިކުންނަވާ މުޒާހަރާކޮށް، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ.

ރައީސް ޔާމީނާއި، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އަދިވެސް ގެންދަވަނީ 2018 ގެ އިންތިހާބަކީ "ވަގަށް" ނަގާފައިވާ އޮޅުވާލުން ބޮޑު އިންތިހާބެއް ކަމަށް ތުހުމަތު ކުރަމުންނެެވެ.