ހަބަރު

ހުކުރު ދުވަހުން ފެށިގެން މަސްވެރިންގެ ޕާކު ފަތުރުވެރިންނަށް ހުޅުވާލަނީ

Dec 17, 2019
3

އަންނަ ހުކުރު ދުވަހުން ފެށިގެން މާލޭ މަސްވެރިންގެ ޕާކު ފަތުރުވެރިންނަށް ހުޅުވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މަސްވެރިންގެ ޕާކުގައި ހަދާފައިވާ އިމާރާތުގައި ފަތުރުވެރިންނަށް ހާއްސަ ފާހާނާތަކާއި ގެސްޓް ރިލޭޝަން އޮފީހެއްގެ އިތުރުން ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މާލެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ގެންނަ އެޖަންޓުންނާއި ކްރޫޒްލައިންތަކުން އަންނަ ފަތުރުވެރިންނަށް މަސްވެރިންގެ ޕާކު ސަރަހައްދު ޖެޓީން މަރުހަބާ ދަންނަވާނީ ސްޓް ރިލޭޝަން އޮފިސަރުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

މަސްވެރިންގެ ޕާކު ސަރަހައްދު ޖެޓީ އަންނަ ހުކުރު ދުވަހުން ފެށިގެން ފަތުރުވެރިންނަށް ހުޅުވާލާ ކަމަށާއި މާލޭގެ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން ސިޓީ ކައުންސިލާ ގުޅިގެން މަސްވެރިންގެ ޕާކު ސަރަހައްދު ބޭނުންކުރަން ޝައުގުވެރިވާ ފަރާތްތައް އެ ދުވަހުގެ ކުރިން ސިޓީ ކައަުންސިލްގެ ސެކެޓްރިއޭޓްއަށް މެއިލްއެއް ފޮނުވަން އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.