ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑް: އަހަރު ވިޔަފާރި ކުންފުންޏަކަށް އުރީދޫ

Dec 21, 2019
5

މޯލްޑިވްސް ބިޒްނަސް އެވޯޑް (އެމްބީއެސް) ގައި ދޭ، އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ވިޔަފާރިއަށްދޭ އެވޯޑު އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ހަދާފައިވާ ކްރޮސްރޯޑް މޯލްޑިވްސްގައި މިރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި އެމްބީއެސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ބިޒްނަސް އޮފް ދި އިޔާ" އެވޯޑާ އުރީދޫގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު އެވެ.

އުރީދޫއަށް މި އެވޯޑުގެ އިތުރުން އަހަރުގެ އެންމެ މޮޅު ސީއެސްއާރު ހަރަކާތުގެ އެވޯޑު ވެސް ލިބިފައިވެ އެވެ. މި އެވޯޑު ލިބިފައިވަނީ އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ ސްމާޓް ސިޓީ ޕްރޮޖެކްޓް އަށެވެ. މީގެ އިތުރުން އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑާއި އެކްސެލެންސް އިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އެވޯޑު ވެސް ލިބިފައިވެ އެވެ.

ބިޒްނަސް އެވޯޑަކީ ވިޔަފާރިތަކުގެ އަގު ވަޒަން ކުރަން ދޭ ހާއްސަ އެވޯޑެކެވެ. މި އެވޯޑު މި އަހަރުވެސް ގިނަ ދާއިރާތަކުން ދީފައިވެ އެވެ.