ވިޔަފާރި

މޯލްޑިވްސް ބިޒްނަސް އެވޯޑް: ދަ ހެމާ އަށް އެވޯޑެއް

Dec 22, 2019

މޯލްޑިވްސް ބިޒްނަސް އެވޯޑު (އެމްބީއެސް) ގައި ފިޓްނަސް ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތަކުގެ ހާއްސަ އެވޯޑެއް، ދަ ހެމާއަށް ލިބިއްޖެ އެވެ.

ކްރޮސް ރޯޑް މޯލްޑިވްސްގައި ބްލޭޒަން އިން ބޭއްވި ހާއްސަ އިވެންޓެއްގައި ދަ ހެމާއަށް ލިބިފައިވަނީ އެކްސެލެންސް އިން ހެލްތް ކެއާ (ހެލްތް އެންޑް ފިޓްނަސް) އެވޯޑެވެ.

މި އެވޯޑު ދަ ހެމާ ޖިމްއަށް ހަވާލުކޮށްދެއްވީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ. އަދި މި އެވޯޑާ ދަ ޖެމާގެ ފަރާތުން ހަވާލުވީ އެ ޖިމްގެ ސީނިޔަ ދެ ބޭފުޅުން ކަމަށްވާ ފާތުމަތު ރައުފާ އާއި މުހައްމަދު ޝިހާބް އެވެ.

ހެމާއަކީ ޖެނެރަލް ފިޓްނަސް އާއި ބޮޑީ ބިލްޑަރުންގެ މެދުގައި މަގުބޫލު ޖިމެކެވެ. ހެމާއިން މާލޭގައި ދެ ޖިމްއެއް ހިންގަ އެވެ. މި ޖިމްތަކުގައި ބޭނުން ކުރަނީ ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތަކުގެ މެޝިނަރީ އެވެ.