ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ އިތުރު ފަސް ރަށަކަށް

Dec 25, 2019
1

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވައިފި އެވެ.

ފަހު ކުއާޓަރުގައި ހޮވުނު ފަސް ޕްރޮޖެކްޓު

  • ހދ. ކުމުންދޫގައި ސޯލާ ލައިޓް ހަރުކުރުން : އަމީން މުހައްމަދު
  • ތ. ގުރައިދޫގައި ޕްލާސްޓިކް ރިސައިކްލިން ޕޮއިންޓެއް ގާއިމްކުރުން: ގްލޯބަލް ސިޓިޒަން ސޮސައިޓީ
  • ހދ. ކުރިނބީގައި އައުޓްޑޯ ފިޓްނަސް ޕާކެއް ހެދުން: އާދަމް ޝަޒީމް
  • ހދ. ހޯރަފުށީގައި ކުޑަކުދިންގެ ޕާކެއް ހެދުން: ހޯރަފުށި ޔޫތް ޑިވަލޮޕްމަންޓް ސޮސައިޓީ
  • ތ. ވިލުފުށީގައި އައުޓްޑޯ ޖިމް އެއް ހެދުން: ވަސަނަ ޖަމިއްޔާ

ފަހު ކުއާޓަރުގެ ހޮވުނު ފަސް ޕްރޮޖެކްޓާއެކު، މިއަހަރުތެރޭ ބީއެމްއެލްގެ ކޮމިއުނިޓި ފަންޑުގެ ދަށުން ވަނީ ޖުމްލަ 20 ރަށެއްގައި މުޖުތަމައަށް ނުހަނު ބޮޑަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން. ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައި،" ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.