ހަބަރު

ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

Dec 26, 2019

ގދ. ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ އިރާކޮޅު، އެ ހާދިސާ ހިނގާފައި ވަނީ ތިނަދޫ އަބޫބަކުރު ސްކޫލު ކުރިމަތިން ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި އެކަކުގެ ބޯ ފަލައިގެން ގޮސްފައިވާއިރު ދެވަނަ މީހާގެ ހަށިގަނޑު ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.