ހަބަރު

މެލޭޝިއާގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެއަށް ގެނެސްފި

Dec 29, 2019

މެލޭޝިއާގައި މަރުވެފައި އޮތްވާ ފެނުނު ދިވެހި މީހާގެ ހަށިގަނޑު ރާއްޖެއަށް ގެނެސްފި އެވެ.

މެލޭޝިއާގައި މަރުވެފައި އޮތްވާ ފެނިފައި ވަނީ ގ. މިއަލަނިއާގޭ މުހައްމަދު ޝިނާން ޔޫސުފް އެވެ. އޭނާ މަރުވެފައި ވަނީ އުމުރުން 44 އަހަރުގަ އެވެ. އެ މަރުގެ ތަފުސީލުތަކެއް ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ޝިނާންގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާއިރު، މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތަގައި އޭނާގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނެ އެވެ.