ފައްޔާޒް އިސްމާއީލް

ރަޖިސްޓަރީވީ 20،000 ބިދޭސީން: ފައްޔާޒް

Dec 29, 2019
5

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީ ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓާކޮށްފައި ވަނީ 20،000 ބިދޭސީން ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު އޮޅޭ ގޮތަށް ރިޕޯޓްތައް ގެނެސް ނުދޭން އިލްތިމާސް ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ގޮވާލައްވައިފި އެވެ.

ފައްޔާޒް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގަވައިދަށް ފައްތަން ރަޖިސްޓަރީވާން ހުޅުވާލި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރަޖިސްޓާކޮށްފައި ވަނީ 2000 ބިދޭސީން ކަމަށް މީޑިއާގައި ބައެއް ފަރާތްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ ނުރަނގަޅު މައުލޫމާތުގެ މައްޗަށް އެފަދަ ހަބަރެއް ރިޕޯޓު ކުރުމަށް ފަހު، ފަހުން ހަބަރު ބަދަލު ކުރިޔަސް ލިބޭ ގެއްލުން އިއާދަ ނުކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓާކޮށްފައި ވަނީ 20،000 ބިދޭސީން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.