މާރާމާރީ ހިންގުން

ފަރެސްމާތޮޑާގައި މާރާމާރީ ހިންގާ ތިން މީހަކު ޒަހަމްކޮށްލައިފި

Dec 29, 2019

މިިދިއަ ބުދަ ދުވަހު ގދ. ފަރެސް މާތޮޑާގައި ގްރޫޕް މާރާމާރީތަކެއް ހިންގައި ތިން މީހަކު ޒަހަމް ކޮށްލައިފި އެވެ.

މި މާރާމާރީތައް ހިނގީ މާތޮޑާ ފަރެސް އަވަށަށް ނިސްބަތްވާ ދެ ގްރޫޕެއްގެ މެދުގަ އެވެ. އެއީ އެ ރަށުގައި ސިލްސިލާކޮށް ހިނގާ މާރާމާރީތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީތަކުގައި އަނިޔާވި ތިން މީހުންނަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފަރުވާ ދިން އިރު އެކިވަރުގެ އަނިޔާތައްވެފައިވާ ކަމަށެވެ.

އަދި ބުނީ މި މާރާމާރީތަކާ ގުޅިގެން 18 އަހަރާއި 19 އަހަރާއ 20 އަހަރުގެ ތިން މީހަކިު ކޯޓް އަމުރުގެއްގެ ދަށުން ހައްޔަރުކޮށް އެ އަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ހަތްދުވަހުގެ ބަންދު މުއްދަތު ހޯދާ މައްސަލ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.