ހަބަރު

ކޭބަލްތަކެއް ވަގަށް ނަގައިގެން ފިލަނިކޮށް އަތުލައިގެންފި

Dec 29, 2019

މ. މުލީ ފެނަކަ ބްރާންޗުގެ ނަރުދަމާ ސައިޓުން ކޭބަލްތަކެއް ވަގަށް ނަގައިގެން ފިލަން ދަނިކޮށް އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މުލީ ފެނަކަ ބްރާންޗުގެ ނަރުދަމާ ސައިޓުގެ ބްލޯއާ ރޫމްގައި އޮތް ކޭބަލް ރޯލް އިން 58 ފޫޓު ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ކޭބަލްގެ ނަރުތައް ޑިންގީއަކަށް އަރުވައިގެން ރަށުން ފުރައިގެން ދާން އުޅެނިކޮށް މުލީ ފުލުހުން އެ މީހުން ހިފަހައްޓާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރާއޮ 40 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.