އިރާގު

އެމެރިކާގެ ހަމަލާއަކުން އިރާގުގެ 25 މީހުން މަރުވެއްޖެ

Dec 30, 2019

އިރާގުގެ ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސަސްގެ މަރުކަޒުތަކަކަށް އެމެރިކާއިން ޑްރޯން ހަމަލާއެއް ދީ 25 މީހުން މަރާލައިފި އެވެ.

އިރާގުގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ލަޝްކަރުގެ މަރުކަޒުތަކަށް ދިން މި ހަމަލާގައި ފަންސާހަށް ވުރެ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އިރު ޕޮޕިއުލާ މޯބިލައިޒޭޝަން ފޯސަސް ހަތަރު ކޮމާންޑަރަކު މަރުވެފައިވާ ކަމަށް ވެސް ވިދާޅުވެ އެވެ.

އިރާގާއި ސީރިއާގެ ބައެއް ތަންތަން އަމާޒަކަށް ހަދައިގެން ދިން ހަމަލާއަކީ އިރާގުގެ ވެރިރަށް ބަޣުދާދުގައި ދިން ރޮކެޓު ހަަމަލާއެއްގައި އެމެރިކާ މީހަކު މަރުވިތާ ދެ ދުވަސް ފަހުން ދިން ރައްދެއް ކަމަށް ވަނީ ބެލެވިފަ އެވެ. އެ މީހާއަކީ ކޮންރެކްޓެއްގައި މަސައްކަތް ކުރަމުން އައި މީހެކެވެ.

އެމެރިކާގެ ހަމަލާއަށް ފަހު ބަޣުދާދު ކައިރިން އެމެެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ރޮކެޓުތަކަކުން ހަމަލާދީފައި ވެއެވެ. އެ ހަމަލަތަކުގައި މާ ބޮޑު ވަރެއްވެ މީހަކު މަރުވެފައެއް ނުވެ އެވެ.