މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

މާލޭގައި ރޭ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ރޭގެ ދަންވަރު މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގާއި ބުރެވިމަގު ގުޅުނު ހިސާބުން ކާރަކާއި ސައިކަލެއް ޖެހިގެނެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބޮޑުތަކުރުފާނު މަގުގެ އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރަކާއި ދެކުނުން އުތުރަށް ދުއްވި ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓްގެ ސަބަބުން ސައިކަލްގައި އިން މީހާއަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ. ކާރުގައި އިން މީހާއަށް އަނިޔާއެއް ނުވެ އެވެ.

ކާރު ދުއްވި މީހާއަކީ މީގެ ކުރިން އެހެން މައްސަލައެއްގައި ލައިސެންސް ހިފަހައްޓާފައިވާ މީހެކެވެ. ސައިކަލްގައި އިން މީހާގެ އަތުގައި ވެސް ލައިސަންސެއް ނެތެވެ.

ރޭގެ އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ.