ދުނިޔެ

ތާލިބާނުންގެ ހަމަލާއެއްގައި އަފްޣާނުން 14 މީހުން މަރުވެއްޖެ

Dec 30, 2019
1

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ގާއިމްވެގެން އުޅޭ ތާލިބާން ޖަމައާތުން މިއަދު އަފްޣާނިސްތާނުގައި ދިން ހަމަލާއެއްގައި 14 މީހަކު މަރުވެއްޖެ އެވެ. ހަމަލާ ދިންތަނާ ފަސް މިނިޓު ފަހުން ތާލިބާން ޖަމާއަތުން ވަނީ ހަމަލާ ޒިންމާ ވެސް އުފުލުފާ އެވެ.

ތާލިބާނުން ހަމަލާ އަމާޒުކޮށްފައި ވަނީ އަފްޣާނިސްތާނުގެ ސިފައިންނަށެވެ. ހަމަލާގައި މަރުވި އެންމެނަކީ ވެސް ސިފައިންނެވެ. ހަމަލާދިން ސަރަހައްދުގައި އާންމުން ނެތުމުން ޒަހަމްވުމުގެ ރިޕޯޓެއް ނުލިބެ އެވެ. ނަމަވެސް ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ދިނުމުގެ 15 މިނިޓުގެ ކުރިން ތާލިބާން ޖަމާއަތުން، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދިން އިންޓަވިއުއެއްގައި ބުނީ މިއަދުގެ ވަގުތެއްގައި މުޅި ގައުމުގެ ހިންގުން ހުއްޓިގެންދާނެ ފަދަ ކަމެއް ކުރާނެ ކަމަށެވެ.

ފާއިތުވި ހަތަރު މަހެއްހާ ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ މުހިންމު ސަރަހައްދުތަކެއްގައި ބޮމުގެ ހަމާލަތައް ދީފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އަފްޣާނިސްތާނުގައި ވަނީ ރެލީތަކަށް އަމާޒުކޮށް ގެން ބޮމުގެ ހަމަލާދީފަ އެވެ.

މި ހަމަލާ ދިން ބޭނުމެއް އަދި ސާފެއް ނުވެ އެވެ. މީގެ ކުރިން ތާާލިބާން ޖަމާއަތުން ހަމަލާދީފައިވަނީ އެމީހުނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގައުމުތަކަށް އެމެރިކާއިން ފައިސާގެ އެހީއާ ހަތިޔާރުގެ އެހީ ދިނުމުން އެކަމާ ހިތްހަމަ ނުޖެހުމުގެ ސަބަބުންނެވެ.