މެލޭޝިޔާ

މެލޭޝިއާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކު މަރުވެއްޖެ

މެލޭޝިއާގައި އުސް އިމާރާތަކުން ވެއްޓި ދިވެހި ކުއްޖަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން ތިން އަހަރުގެ އެ ކުއްޖާ ވެއްޓިފައިވަނީ މެލޭޝިއާގެ ކުއަލަލަންޕޫރުގައި ހުރި އުސް އިމާރާތަކުންނެވެ. އިމާރާތުން ވެއްޓި މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ.

އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފޮރިން މިނިސްޓްރީންވެސް ވަނީ ޔަގީންކޮށްދީފައެވެ. އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.