ހަބަރު

މާފުށީގައި ހަދަމުންދާ އިމާރާތަކުން ރާފުޅިތަކެއް ހޯދައިފި

Jan 3, 2020
4

ކ. މާފުށީގައި ހަދަމުންދާ އިމާރާތަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި އެވެ.

ފުލުހުން ބުނީ މާފުށީގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 2:25 ގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން 21 ބަނގުރާފުޅި ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅި ފުލުހުން ވަނީ އަތުލައިގެންފަ އެވެ.