ހަބަރު

މެލޭޝިއާ އިމާރާތުން ވެއްޓުނު ކުއްޖާގެ އާއިލާއާ ޝިދާތާ ބައްދަލުކޮށްފި

Jan 4, 2020

މެލޭޝިއާގައި އުސް އިމާރާތަކުން ވެއްޓި މަރުވި ދިވެހި ކުޑަ ކުއްޖާގެ އާއިލާއާ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ބައްދަލު ކުރައްވައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މެލޭޝިއާގައި މަރުވި ކުޑަ ކުއްޖާގެ އާއިލާއާ ޝިދާތާ މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު މެލޭޝިއާގެ ކުއަލަލަންޕޫރުގައި ހުރި އުސް އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓުނީ އެ އާއިލާ ދިރިއުޅެމުން ދިޔަ އިމާރާތުގެ 14 ވަނަ ބުރީގެ އެޕާޓްމަންޓުގެ ބެލްކަނިންނެވެ.