ހަބަރު

އަލިފާން ރޯވި ސަފާރީ އަޑިއަށް ހިނގައްޖެ

ކ. ތުލުސްދޫ ކައިރީ އޮތް ސަފާރީގައި ރޯވި އަލިފާން ގަނޑު އެއްކޮށް ނިއްވާ ނުލެވިގެން އުޅެނިކޮށް، ސަފާރީ އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ ފަތިހު 5:42 އެހާކަން ހާއިރު ސަފާރީގައި ރޯވި އަލިފާން ނިއްވުމުގައި ސިފައިން އޭރުންސުރެ ހަރަކާތްތެރިވަމުން ދިޔަ އެވެ.

އަދި ފަހުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ނިއްވަން ފޯމް ޖަހަމުން ދަނިކޮށް ދަނިކޮށް ސަފާރީ ލޯންޗް އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އޮސްޓްރޭލިއާގެ ސަފާރީ އެއްގަ އެވެ. "ވެރިޓާ" ކިޔާ އެ ސަފާރީގައި ރޯވި އިރު އެ ވަގުތު ތިބީ އެ ގައުމުގެ ތިން މީހުންނަށް ސީރިއަސް އަނިޔާ އެއް ނުލިބެ އެވެ. އެތިން މީހުން އެހެން އުޅަނދަކަށް ނަގައި ތުލުސްދޫ އަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ. އެ މީހުނަށް ފަރުވާ ދިނީ ދުމުގެ އަސަރު ކޮށްގެނެވެ.