ހަބަރު

ރީފްސައިޑުގެ އައިވާ ޓީވީ ބާޒާރަށް

ކޮލިޓީ މޮޅު ބްރޭންޑްތައް ވިއްކުމަށް ރާއްޖެއަށް މަޝްހޫރު ރީފްސައިޑުން ޖަޕާނުގެ އައިވާ ބްރޭންޑްގެ ޓީވީ ރާއްޖެއަށް ތާރަފު ކޮށްފި އެވެ.

ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އައިވާ ބްރޭންޑަކީ ޖަޕާނުގެ އެންމެ ފުރަތަމަ ކެސެޓް ރެކޯޑަރު އުފެއްދި ކުންފުންޏެވެ. މީގެ އިތުރުން އެ ކުންފުންނަކީ އެ ގައުމުގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

އައިވާ ޓީވީ ތާރަފު ކުރަން ރީފްސައިޑް ލައިފްސްޓައިލް ފިހާރައިގައި ބޭއްވި ހަފުލާއެއްގައި އެ ކުންފުނީގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، އައިވާ ޓީވީއަކީ ޖަޕާން ކޮލިޓީގެ މޮޅު ޓީވީއަކަށްވި ނަމަވެސް، ރާއްޖޭގައި އާންމުކޮށް ވިއްކަމުން ގެންދާ ސްމާޓް ޓީވީ ތަކަށްވުރެ އެ ޓީވީގެ އަގު ބޮޑު ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އަގު ހެޔޮވާނެ ކަމަށެވެ.

އަހުސަން ވިދާޅުވީ، އައިވާ އަކީ އޯޑިއޯއަށް ހާއްސަ ވެގެން ފުރަތަމަ އިލެކްޓްރޯނިކްސް އުފައްދަން ފެށި ކުންފުންޏަކަށް ވުމުން، މިހާރު ބާޒާރުގައި ލިބެން ހުރި ސްމާޓް ޓީވީތަކަށްވުރެ އަޑުގެ ކޮލަޓީ އާއި ޕިކްޗާ ކޮލެޓީ ވެސް މި ޕްރޮޑަކްޓްގައި ރަނގަޅުވާނެ ކަމަށެވެ.

އައިވާ ޓީވީ ރީފްސައިޑުން ވިއްކަން ފަށާފައި ވަނީ ދެ އަހަރު ދުވަހުގެ ވޮރަންޓީއަކާއެކު އެވެ. މިއީ ރާއްޖޭގައި އެ މުއްދަތުގެ ވޮރަންޓީދޭ ފުރަތަމަ ފަހަރެވެ.

އައިވާ ޓީވީ ވިއްކާ އަގުތައް

49 އިންޗި ޓީވީ - 5،800 ރ.
55 އިންޗި ޓީވީ - 8،800 ރ.
65 އިންޗި ޓީވީ - 11،900 ރ.
75 އިންޗީގެ ޓީވީ - 26،900 ރ.

އަހުސަން ވިދާޅުވީ، މި އަގުތަކުގައި ކޮލިޓީ ރަނގަޅު ޓީވީއެއް ވިއްކަމުުން ގެންދާތީ ކަސްޓަމަރުންގެ ހިތުގައި ސުވާލުތަކެއް އުފެދިދާނެ ކަމަށާއި، އެ އަގުތަކުގައި ޓީވީތައް ވިއްކަމުން ދަނީ، ޕްރޮމޯޝަނެއްގެ ދަށުން ކަމަށެވެ.