ހަބަރު

ހިޔާތަކަށް 14000 ޑޮލަރު ހަދިޔާ ކޮށްފި

ކުޑަކުދިން ގެންގުޅޭ މަރުކަޒުތަކަށް 14،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 215،880 ރުފިޔާ) ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ހަދިޔާ ކޮށްފި އެވެ.

ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި އެ ރިސޯޓުގެ ފަރާތުން އެހީ ހަވާލު ކޮށްދެއްވީ ޖެނެރަލް މެނޭޖަރު ޖޮނަސް އަމްސްޓަޑެވެ. ޖެންޑާ މި ނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެހީއަކީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރި 7،000 ލަރާއި، ފިޔަވައްޗަށް ހަދިޔާ ކުރި 7،000 ޑޮލަރު ކަމަށެވެ.