ދިރާގު

ދިރާގުން އީ ސިމް ތައާރަފުކޮށްފި

Jan 13, 2020
1

މުއާސަލާތީ ކުންފުނި ދިރާގުން "އީ ސިމް" ގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އީ ސިމް އަކީ ޑިޖިޓަލް ސިމެކެވެ. ދިރާގުން އީ ސިމް ސަޕޯޓްކުރާ ފޯނުތަކުގައި އާދައިގެ ސިމަކާއެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލެއް ބޭނުން ކުރެވޭނެ ކަމަށާއި މީގެ ސަބަބުން އޮފީހާއި އަމިއްލަ ނަންބަރު ގެންގޭ ފަރާތްތަކަށް ފަސޭހައިން ދެ ނަންބަރު ބޭނުންކުރެވޭނެ ކަމަށެވެ.

އީ ސިމްގައި އަށް ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެ އެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖް ކުރެއްވޭނެ ހިދުމަތަކެވެ.

ދިރާގު އީ ސިމް އެކްޓިވޭޓް ކުރަން ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި (30 ރުފިޔާ) ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އީ ސިމްގެ ހިދުމަތް ބޭނުން ކުރެވޭނީ އީ ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފޯނުތަކުގަ އެވެ. އެގޮތުން އީސިމް ސަޕޯޓުކުރާ ސްމާޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެ އެވެ. އޭގެ ތެރޭގައި އައިފޯން އެކްސް އެސް އާއި އައިފޯން އެކްސް އެސް މެކްސް އާއި އައިފޯން އެކްސް އާރް އާއި އައިފޯން 11 އާއި އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސް ގެ އިތުރުން ގޫގުލް ޕިކްސެލް 3 އިން ފެށިގެން ފަހުގެ ފޯނުތަކުގައި ބޭނުން ކުރެވޭނެ އެވެ.