ހަބަރު

ރެޑްވޭވް އަހަރީ ބާޒާރުގެ ފަހު ދުވަސް މިއަދު

Jan 15, 2020

މިދިޔަ އޮކްޓޯބަރު ގައި ބޮޑެތި އިނާމްތަކާއެކު ފެށި ރެޑްވޭވް އަހަރީ ބާޒާރު ޕްރޮމޯޝަނުން ގިނަފަރާތްތަކަކަށް ފައިސާގެ އިނާމާއި އެކު އަގުބޮޑު އިނާމްތަކެއް ދިނެވެ. މިއަދަކީ މި ޕްރޮމޯޝަންގެ އެންމެ ފަހު ދުވަހެވެ.

މާލެ އާއި ހުޅުމާލޭގެ ރެޑްވޭވް ފިހާރަތަކުން ކަނޑައަލާފައިވާ ތަކެތިން ޑިސްކައުންޓް ލިބޭ ގޮތަށް ގެންދިޔަ މި ޕްރޮމޯޝަނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ރެޑްވޭވުން ބުނެ އެެވެ. ހާއްސަކޮށް ޕްރޮމޯޝަން ތެރޭ ތައާރަފްކުރި މޮލްފިކްސް ނެޕީ އާއި ޝާޕް އޭސީ އަދި އައިސްއަލަމާރި އަށް ކަސްޓަމަރުންގެ ސަމާލުކަން ލިބުނު ކަމަށް ބުންޏެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވާ އިނާމްތައް މި މަހު ހަވާލުކުރެވިގެންދާނޭ ކަމުގައި ރެޑްވޭވުން ބުނެ އެވެ.

ރެޑްވޭވް އަހަރީ ބާޒާރުގެ ތެރެއިން ރެޑްވޭވް އިން ކުރާ ކޮންމެ 500 ރުފިޔާ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ.
އެގޮތުން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް 10،000 ރުފިޔާ ގުރުއަތުން ލިބެ އެވެ. އަދި އިތުރު 10 ފަރާތަކަށް 10 އިނާމް ފަރުނީޗަރާއި އިލެކްޓްރޯނިކް އެޕްލައިންސް އިން ލިބެ އެވެ.

މީގެ އިތުރުން، 200 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރިކުރި ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާ އަކު ގުރުއަތުލައިގެން ތިން ފަރާތެއްވަނީ ހޮވާފަ އެވެ. އެގޮތުން އެއްވަނަ އަށް 5000 ރުފިޔާ ދެ ވަނަ އަށް 3000 ރުފިޔާ އަދި ތިންވަނައަށް 2000 ރުފިޔާ އިނާމް ވަނީ ކޮންމެ ހަފްތާއަކު ދީފަ އެވެ.

މީގެ އިތުރުން، ރެޑްވޭވްގެ ފޭސްބުކް ޕޭޖްގައި އެއްމަހަށްވުރެ ގިނަދުވަސްވެފައިވާ "ޓޮޕް ފޭން" ބެޖް ހޯދާފައިވާ ފަރާތަށް ވަރަށް ހާއްސަ އިނާމްތަކެއް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.