އިންފޮމޭޝަން ކޮމިޝަނާ

އައިކޮމްގައި ވިސިލް ބްލޯ ކޮމެޓީއެއް އުފައްދިފި

Jan 16, 2020

"ވިސިލް ބްލޯކުރުމާ ބެހޭ" ކޮމިޓީއެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އުފައްދައިފި އެވެ.

އައިކޮމް އިން މިއަދު ބުނީ އެ ކޮމިޓީއަކީ ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ އޮފީހުގައި އުފެއްދި ދާއިމީ ކޮމިޓީއެއް ކަމަށެވެ.

އައިކޮމްގެ ވިސިލް ބްލޯ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ، ޑިރެކްޓާ ލީގަލް އެފެއާޒު، ފާތުމަތު ސައުސަނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރު މަރިޔަމް އިބްރާހީމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަަރު ޝައްފާން ގާސިމެވެ. އެ ކޮމިޓީގެ މުގައްރިރަކީ ސައުސަނެވެ.

މި ކޮމިޓީއަކީ ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކޮމިޓީ އެވެ.