ހަބަރު

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ ޖިންސީ ފުރައްސާރައާ ބެހޭ މައްސަލައެއް ބަލަނީ

Jan 17, 2020

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައާ ބެހޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހަސަންއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އެކަން ބަލަމުންދާ ކަމަށެވެ.

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަ ބަލަމުން އަންނަ އިރު އެ ރަށުގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ތިން ބަފައިން ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.