ޖިންސީ ގޯނާ

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އުމުރުން ފަސް އަަހަރުގެ ކުއްޖަކަށް އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނެއް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށައެޅިފައިވާ ކަމަށެވެ.

"މި މައްސަލަ އާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން." ފުލުހުން ބުނެފައިވެއެވެ.

މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން ބަލަމުންދާ މައްސަލާގައި ހިމެނޭ މީހާއަކީ ޖިންސީ ފުރައްސާރަ ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެމީހާ އާއިލާގެ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަަށް ވެއެވެ.