overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް ތަހުގީގެއް ނުކުރަން: ފުލުހުން

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއް މި ވަގުތު ތަހުގީގު ކުރަމުން ނުދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފުލުހުން އަންގައިފި އެވެ.

ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް ސޮއި ކުރައްވައި އީސީގެ ރައީސް އަހްމަދު ޝަރީފަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ އީސީއަށް ނުވަތަ އެ ކޮމިޝަންގެ މެންބަރަކަށް ނުވަތަ ކޮމިޝަންގެ އެއްވެސް މުވައްޒަފަކަށް ރައްދުވާ ގޮތަށް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިނގަމުން ނުދާ ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން އީސީއަށް ރައްދުވާ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ސިޓީއެއް މެދުވެރިކޮށް އީސީއަށް އަންގާފައި ވަނީ، އެފަދަ އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާނަމަ އަންގައި ދިނުމަށް އެދި އީސީން ފުލުހަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވީ އީސީގެ މެންބަރުން އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އީސީގެ މެންބަރުން އެ ކަން ދޮގު ކުރައްވަ އެވެ.

އިންތިހާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބާއްވައިދިނުމަށް އެދިވަޑައިގެން ރައީސް ޔާމީންގެ ފަރާތްޕުޅުުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މައްސަލައެއް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު ކޯޓުން ހުކުމް ކުރީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރަން ޖެހޭ ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އިންތިހާބުގެ ނަތީޖާ ސައްހަ ކަމަށެވެ.