ހަބަރު

ރާއްޖޭގައި އެމްބާމިން ހިދުމަތް ޓްރީޓޮޕްގައި ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެމްބާމިން ޕްރޮސީޖާ ކާމިޔާބު ކަމާއެކު ކޮށްފިއެވެ.

އެމްބާމިންއަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ފޮނުވުމަށް ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ. އަދި ހިދުމަތް ދެނީ މަރުވެފައިވާ މީހާ ހަށިގަނޑަށް ގެއްލުން ނުވާނެހެން ވަކި ގަވައިދަކުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މި ހިދުމަތް ތައާރަފްކޮށްފައި ވަނީ ޖޫން 2، 2019 އިގަ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ފުރަތަމަ އެމްބާމިން ހަދާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަގްވާމީ ގަވާއިދުތަކާއި އެއް ހަމައެއްގައި މި ހިދުމަތް ފޯރުކޮށްދެނީ ލައިސެންސް ލިބި ވަޑައިގެންފައިވާ ބޭފުޅުންނެވެ.