ވިޔަފާރި

އެމްއައިބީ އިން އާ ސާވިސް ސެންޓަރެއް ހުޅުވައިފި

Jan 21, 2020

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތް ފަސޭހަ ކުރަން އާ ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

އެމްއައިބީއިން ހިއްސާ ވިއްކަން އޯކިޑްމަގު ފާމުދޭރިގޭގައި ކުރިން ހުޅުވި މަރުކަޒަށް ބަދަލުތައް ގެނައުމަށްފަހު ހުޅުވާފައި ވަނީ ފޯމް ބަލައި ގަންނަ ސެންޓަރެއްގެ ގޮތުގަ އެވެ.

އެ ބޭންކުން ބުނީ އަލަށް ހުޅުވި ސެންޓަރު މެދުވެރިކޮށް، އެކައުންޓް ހުޅުވުމާއި ފައިސާ ކާޑަށް އެޕްލައި ކުރުމާއި އިންޓަނެޓް ބޭންކިން އަށް އެޕްލައިކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ވިޔަފާރި ހިދުމަތެއްގެ ގޮތުގައި އެ ބޭންކުން ފޯރުކޮށްދޭ "އުޖާލާ" ގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އެމްއައިބީން އަލަށް ހުޅުވި، ކަސްޓަމާ ސާވިސް ސެންޓަރުން ތިން ކައުންޓަރަކުން ހިދުމަތް ދެ އެވެ.

ފަހަކަށް އައިސް އެ ބޭންކުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ ފިޔަވަޅު ތަކެއް އަޅާފައި ވެއެވެ. އަދި ގިނަ ހިދުމަތްތައް ލިބޭ ގޮތަށް ބޮޑު އޮފީސް އިމާރާތެއް ވެސް މިދިޔަ އަހަރު ހުޅުވި އެވެ.